logoEN
ޕީއެންސީ 2
ހައްޔަރުކުރީ އަޅުގަނޑަށް ތާއީދުކުރާ މީހުން، ވަގުތުން ދޫކޮށްލާ - ނަޝީދު

ހައްޔަރުކުރީ އަޅުގަނޑަށް ތާއީދުކުރާ މީހުން، ވަގުތުން ދޫކޮށްލާ - ނަޝީދު

r nasheed

ވޯޓްލާ މަރުކަޒުތަކުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރިމީހުން ވަގުތުން ދޫކޮށްލުމަށް ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ޝަރީ 2024

ރައީސް ނަޝީދު ވިދާޅުވީ، ބައެއް ވޯޓްފޮށިތަކުގެ ކައިރީގައި ތިއްބެވި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތަތްކާއި އެމަނިކުފާނުގެ ފަރާތުން ވޯޓްފޮށިތަކުގައުި ކައިރީގައި ތިއްބެވި އޮބްޒާވަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ގދ. ތިނަދޫ އާއި ގދ. ރަތަފަންދޫ ވޯޓްލާ މަރުކަޒުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 4 މީހަކުވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި 4 މީހުންނަކީވެސް ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އޮބްޒާވަރުންނެވެ. އެމީހުން ވަގުތުން ދޫކޮށްލުމަށް ރައީސް ނަޝީދު ވަނީ މިއަދު ގޮވާލައްވާފައެވެ.

ވޯޓު ގަޑުބަޑުކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމަށްވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ